twitterviber whatsapp telegramfacebookyoutube instagram

ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފި

Jun 21, 2021

ފުވައްމުލަކު ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް މީހަކު ހޯދުމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީން އިއުލާންކޮށްފިއެވެ.

މިކަމަށް ފުރުސަތު ހުޅުވާލައި ސިވިލް ސާވިސް ކޮމިޝަނުން ކުރައްވާ ފައިވާ އިއުލާނުގައިވާ ގޮތުން މި މަގާމުގެ މުސާރައަކީ 20500 ދިވެހި ރުފިޔާއެވެ. އަދި އެގްރެކެޓިވް އެލަވަންސްގެ ގޮތުގައި 15000 ރުފިޔާ އާއި އެކު މުޅި ޖުމްލަ 350000 ރުފިޔާއެވެ. އަދި މިގާމަށް އެދިލައްވާ ފަރާތްތަކުން އެޕްލައި ކުރެއްވޭނޭ ސުންގަޑިއަކީ މިހިނގާ ޖޫންމަހުގެ 28 ވަނަދުވަހު 23:59 އެވެ.

މިމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ ސީއެސްސީގެ ނަންބަރު 7207307 އަށް ގުޅުއްވުމުން ނުވަތަ އެސްއެމްއެސް ކުރެއްވުމުން ނުވަތަ އެއިދާރާގެ މެއިލްއެޑްރެސް jobs@csc.gov.mv އަށް މެއިލް ކުރެއްވުމުން ބޭނުންވާ މައުލޫމާތެއް ލިބޭނޭކަމަށް އިއުލާނުގައިވެއެވެ. އަދި ވަޒީފާޔަށް އެދި ހުށަހަޅާ ލިޔުންތައް މެއިލް ކުރުމަށް ދީފައިވާ އެޑްރެހަކީ myaccount@csc.gov.mv އެވެ.

ސިޓީ ކައުންސިލްހެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ސިވިލްސާވިސް މަގާމެއްނަމަވެސް މިމަގާމުގެ މުއްދަތަކީ މީލާދީ ފަސް އަހަރެވެ.

Kedevari Online 2024