twitterviber whatsapp telegramfacebookyoutube instagram

ކަލްޗަރަލް ހަޓްގެ މަސައްކަތް ލަސްވެގެން ނޮވެމްބަރު ތިނަކަށް ނިންމާލެވޭނެ: އަހުމަދު މުހައްމަދު

May 12, 2022

ސާކް ސަމިޓާ ގުޅުވައިގެން ފުވައްމުލަކުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލަކު ތޫނޑު ސަރަހައްދުގައި ހަދަމުންގެންދާ ކަލްޗަރަލް ހަޓްގެ މަސައްކަތް ލަސްވެގެން ނޮވެންބަރު ތިނަކަށް ނިއްމައިލެވޭނެކަމަށް ސަދަންޔުޓިލިޓީސް ލިމިޓެޑްގެގެ ބޯޑުމެމްބަރު އަހުމަދު މުހައްމަދު (ސަޒާން ތުއްތޫ) ކައްޓެޅިއަށް މައުލޫމާތު ދެއްވައިފިއެވެ.

ސަދަން ޔުޓިލިޓީސްއާ ހަވާލުކޮށްގެން ސަރުކާރުން ހަދަމުން ގެންދާ ކަލްޗަރަލް ހަޓުގެ 85 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށް ތުއްތޫ ވިދާޅުވިއެވެ.

"މުޅި މަސައްކަތުގެ 85 އިންސައްތަ ވަރުމިހާރު މިވަނީ ނިމިފައި، މިހާރު ކުރެވެމުން މިދަނީ ފިނިޝިންގ މަސައްކަތް، އަޅުގަނޑުމެން މިބަލަނީ މިމަހުގެ 31 ހުގެ ނިޔަލަށް ހުރިހާ ކަމެއް ނިންމައިލެވޭތޯ، ނޮވެމްބަރު ތިނެއްގެ ކުރިން ނިންމާލެވޭނެ" އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

މަސައްކަތަށް ބޭނުންވާތަކެތި ނުލިބުމުގެ މައްސަލަތަކެއް ކުރިން ދިމާވެ، މަސައްކަތް ލަސްވެގެން ދިޔަކަން ފާހަގަކުރައްވަމުން ތުއްތޫ ވިދާޅުވީ މިހާރު އެކަހަލަ އެއްވެސް މައްސަލައެއް ނެތް ކަމުގައެވެ. ޓައިލްޖެހުމުގެ މަސައްކަތަށް ބޭނުންވާ ޓައިލްސް މާދަމާ ލިބޭނޭކަމަށާއި ބޭނުންވާ ބައެއް ވައްތަރުގެ ލައިޓް ފުވައްމުލަކުން ލިބެން ނެތުމުން އައްޑު އަތޮޅުން އެތަކެތި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ހެޑް އޮފް ސްޓޭޓުންގެ އަނބި އަނބި ކަނބަލުންގެ ޝަރަފުގައި ސައިފޮދެއް ފުވައްމުލަކު ތޫނޑުގައި ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.

Kedevari Online 2024