twitterviber whatsapp telegramfacebookyoutube instagram

ބޭނުންކޮށްފައިވާ ބައެއް ތަކެތި ފުވައްމުލަކު ސިޓީ ކައުންސިލުން ނީލަން ކިޔަނީ

May 23, 2022

ބޭނުންކޮށްފައިވާ ބައެއް ތަކެތި ފުވައްމުލަކު ސިޓީ ކައުންސިލުން މިހިނގާ މެއި މަހުގެ 29 ވަނަދުވަހު ނީލަން ކިޔުމަށް ނިންމާފައިވާ ކަމަށް އެއިދާރާއިން އިއުލާނުކޮށްފިއެވެ. އިއުލާނުގައިވާ ގޮތުން ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެއިދާރާއަށް ހާޒިރުވާން ޖެހޭ ގަޑިއަކީ އެދުވަހު ހެނދުނު 10:00 އެވެ.

އެއިދާރާގެ އިއުލާނުގައިވާ ގޮތުން މި ނީލަމުގައި ބައިވެރިވުމަށްޓަކައި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަން ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ނީލަން ނިމޭތާ 24 ގަޑިއިރުތެރޭގައި އެއިދާރާއަށް ފައިސާ ދެއްކުމަށްފަހު ނީލަމުން ނަގާ ތަކެތި ގެންދަވަންވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުން ކޮންމެ "ލޮޓެއް" ވަކިންނެވެ.

Kedevari Online 2024