twitterviber whatsapp telegramfacebookyoutube instagram

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އަލަށް ފަށާ ހަ ކޯހަކަށް ފުރުސަތު އިއުލާނުކޮށްފި

May 23, 2022

ވޯލްޑްބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ކުރިޔަށް ގެންދާ ސްކިލްސް ފޯރ އަ ރެސިލިއަންޓް ވޯކްފޯސް ޕްރޮގްރާމުގެ ދަށުން ހިންގާ ހަ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ހުޅުވާލައިފިއެވެ.

ޒިކުރާ ކޮލެޖުން މައުލޫމާތު ދެއްވާ ގޮތުގައި އަލަށް ފަށާ ކޯސްތަކަކީ ނެޝަނަލް ޝަރޓިފިކޭޓް ތްރީ އިން އަތްތެރި މަސައްކަތް، ނެޝަނަލް ސަރޓިފިކޭޓް ތްރީ އިން އިވެންޓް މެނޭޖުމަންޓް، ނެޝަނަލް ސަރޓިފިކޭޓް ތްރީ އިން ފެޝަން ޑިޒައިނިން އެންޑް ޓެއިލަރިން، ނެޝަނަލް ސަރޓިފިކޭޓް ތްރީ އިން އިންވެންޓްރީ މެނޭޖްމަންޓް، ނެޝަނަލް ސަރޓިފިކޭޓް ތްރީ އިން ވެލްޑިން އަދި ނެޝަނަލް ސަރޓިފިކޭޓް ތްރީ އިން ކޮމްޕިއުޓަރ ހާރޑުވެއާ އެންޑް ނެޓްވޯރކިންގ އެވެ.

ކޮލެޖުން މައުލޫމާތު ދެއްވާގޮތުގައި ކޯސްތަކުގެ މުއްދަތަކީ ހަ މަސްދުވަހެވެ. އަދި ކޯސްތަކުގައި ބައިވެރިވެވޭނި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ދިވެހީންނަށެވެ. އަދި 18 އަހަރު ނުފުރޭ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ގްރޭޑް ހައެއް ނިންމާފައިވާ ފަރާތްތަކަށް މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. ކުލާސްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވާގޮތަށް ކުރިއަށް ގެންދާ މި ކޯސްތައް ކުރިއަށް ދާނީ ކޮލެޖުގެ ފުވައްމުލައް ކެންޕަހުގައެވެ.

ހަޔަރ އެޑިއުކޭޝަނާ ގުޅިގެން ކުރިއަށް ގެންދާ މި ކޯސްތަކަށް ދަރިވަރުން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. ކޯހުގެ ކޮންމެ ބައިވެރިއަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 2000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Kedevari Online 2024