twitterviber whatsapp telegramfacebookyoutube instagram

ދެމަގެއް ފުޅާކުރުމަށްޓަކައި ނަގަންޖެހޭ ރުއްގަސްތަކެއް ނީލަންކިޔަނީ

Jun 21, 2021

ފުވައްމުލަކުގެ ދެމަގެއް ފުޅާކުރުމަށްޓަކައި އެމަގަށް އަރާތީ ނަގަންޖެހޭ ރުއްގަސްތަކެއްގެ ނީލަން ކިޔަން ނިންމާފައިވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ނީލަން ކިޔަން ހަމަޖެހިފައިވަނީ ހޯދަޑުއަވަށުން ދިގުވާޑު އަވަށަށް ޗަސްބިން ހުރަސްކޮށް ހަދާފައިވާ އީސާނައިބު ކަލޭގެފާނު މަގަށް އަރާ ރުއްގަސްތަކަކާއި ފުނާޑު ނިރިލް ހިނގުން ފުޅާކުރާއިރު އެމަގަަށް އަރާ ރުއްގަސް ތަކެކެވެ.

އީސާނައިބު ކަލޭގެފާނު މަގަށް އަރާ ރުއްގަސްތަކުގެ ނީލަން ކިޔުން އޮންނާނީ މިހިގާ ޖޫންމަހުގެ 22 ވަނަ ދުވަހު ހެނދުނު 9:00 ގައެވެ. އަދި ނިރިލް ހިގުމަށް އަރާ ރުއްގަސްތަކުގެ ނީލަން ކިޔުން އޮންނާނީ ހަމަ އެދުވަހު ހެނދުނު 9:30 ގައެވެ.

މިނީލަން ކާމިޔާބުކުރާ ފަރާތްތަކުން 3 ދުވަހުގެ ތެރޭގައިި ރުއްގަސް ނަގައި ސާފުކުރަންޖެހެއެވެ.

Kedevari Online 2024