twitterviber whatsapp telegramfacebookyoutube instagram

އެމް ވީ ކޭ ފެރީގެ ޓިކެޓް ހޯދުން "ބޮޑު ތަކުލީފެއް"

Aug 9, 2011

އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ ފަސް ވައުދުގެ ތެރެއިން "ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅުވައިލުން" މިވައުދަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ނުހަނު ބޭނުންތެރި، މުހިއްމު ޚިދުމަތެކެވެ. "ރަށު ބަންދުން" ވީއްލުމަށްޓަކައި ކޮންމެހެންވެސް ފަށަން ޖެހިފައި އޮތް ޚިދުމަތެކެވެ. އެމްޑީޕީ ރާއްޖޭގެ ވެރިކަމާ 11 ނޮވެންބަރ 2008 ގައި ހަވާލުވުމާއެކު މިވައުދު "މެކުހަށް" ޖެހުމުގެ މަސައްކަތް ލަސްތަކެނުވެ ފެށީ ރައްޔިތުންނަށް އުއްމީދުތަކެއް އާކޮށްދެމުންނެވެ. ހއ ތުރާކުނުން ފެށިގެން އައްޑުއަށް، ރާއްޖޭގެ ހުރިހާ ދިމާލަކަށް ފަސޭހަކަމާއެކު ދަތުރުފަތުރުކޮށްލެވޭނެ އަގުހެޔޮ ނިޒާމެއްގެ ޚިދުމަތް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

އެމްޑީޕީ ސަރުކާރަށް ތިން އަހަރު ފުރެން ކާރިވަމުން އަންނައިރު "ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅައިލުން" މި ވައުދުގެ ބޮޑުބައެއް ފުއްދިފައިވާކަމުގެ ހިތްހަމަޖެހުން ސަރުކާރަށް ލިބޭނެކަން ޔަގީނެވެ. އެކަމާ އަޅުގަނޑުވެސް ދެބަހެއް ނުވާނަމެވެ. ހުރިހާކަމެއް ފުރިހަމަނުވިނަމަވެސް ދަތުރުފަތުރުގެ ނިޒާމެއްގެ ޚިދުމަތް ރައްޔިތުންގެ ގިނަބަޔަކަށް މިއަދު ދަނީ ލިބެމުންނެވެ. ބައެއްކަހަލަ ޝަކުވާތައް ހުރިނަމަވެސް މި ޚިދުމަތުގެ ބޭނުން ގިނަ ބަޔަކު ހިފަމުން ދެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އޭޕްރީލް 2011 ގެ ނިޔަލަށް 541,336 މީހުން މިނިޒާމުގެ ދަށުން ފެރީގެ ޚިދަމަތް ބޭނުންކޮށްގެން ދަތުރުކޮށްފައި ވެއެވެ. މީގެ ތެރެއިން 23,076 މީހުންނަކީ އައްޑުއާއި ފުވައްމުލައް ހިމެނޭ ދެކުނު ސަރަޙައްދުގައި ފެރީގެ ޚިދްމަތް ބޭނުންކުރި މީހުންނެވެ.

މިހާ ހިސާބުން އަޅުގަނޑުގެ އަސްލު މައުޟޫއަށް އެނބުރިލާނަމެވެ. "ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅައިލުން" މި ވައުދުގެ ދަށުން އައްޑުއާއި ފުވައްމުލަކާ ދެމެދު އެމް ވީ ކޭ އިން ފެރީގެ ޚިދުމަތް ދޭން ފެށުމުގެ ކުރިންވެސް އައްޑުއާއި ފުވައްމުލަކާ ދެމެދު ތިން ކުންފުންޏަކުން ފެރީގެ ޚިދުމަތް ދެމުން ގެންދިޔައެވެ. މި ޚިދުމަތް ފޯރުކޮށްދެމުން ގެންދިޔައީ ފުވައްމުލަކުގެ ހީވާގި ވިޔަފާރިވެރިންނެވެ. އެއްވެސް ފަރާތެއްގެ ސަބުސިޑީއެއް ނުލިބުނުނަމަވެސް ހައިސްޕީޑް ލޯންޗް ބޭނުންކޮށްގެން ފުވައްމުލަކުގައި ދެމުން ގެންދިޔަ ފެރީގެ ޚިދުމަތަކީ އެތައްބައެއް ތައުރީފް ލިބުނު، ރަނގަޅަށް އިންތިޒާމުކުރެވިފައިވާ ޚިދުމަތެކެވެ. ކުރިން ޓިކެޓް ބުކް ކުރެވެއެވެ. ޓިކެޓް ހޯދުމަށްޓަކައި ދާއޮހޮރެންދެން އެތައްއިރަކު ކިއޫގައި ހުންނާކަށް ނުޖެހެއެވެ. ޓިކެޓް ހޯދުމަށްޓަކައި އެކަކު އަނެކަކު ގަޔަށް އަތްލާ މާރާމާރީ ހިންގާ ހިސާބަށް ކަންތައް ގެންދާކަށް ނުޖެހެއެވެ. ލޯންޗަށް އެރުމާއެކު ތާޒާވެލުމަށް މޫނުފޮހެލާނެ ރިފްރެޝިން ޓަވަލް އެއް ލިބެއެވެ. ލުއި ބުއިމަކާއި، ފެންފުޅިއަކާއި، ފޯއްޕެކެޓެއް ލިބެއެވެ. އަނގައިގެ ރަހަ ރަނގަޅުކޮށްލަން މެޓާ ލިބެއެވެ. ނަމަވެސް އެމްވީކޭގެ ދަތުރުތަކާއެކު މިހުރިހާކަމެއް ބަދަލުވެއްޖެއެވެ. ސަރުކާރުގެ ބޮޑު ސަބުސިޑީއެއް ލިބިގެން އެމްވީކޭގެ ދަތުރުތައް ފެށުމާއެކު ފުވައްމުލަކުގައި ފެރީގެ ޚިދުމަތް ދެމުންގެންދިޔަ ކުންފުނިތައް އިނދަޖެހިއްޖެ އެވެ. މިއަދު ކިރިޔާވެސް "ފިރުކިލެވެނީ" ވާދީ މާކެޓިންއަށެވެ. އެހެން ކުންފުނިތަކުގެ ދަތުރުތައް ހުއްޓިއްޖެއެވެ.

Kedevari Online 2024