twitterviber whatsapp telegramfacebookyoutube instagram

އަންނަ އަހަރު ތައުލީމީ މަރުކަޒުގެ ގްރޭޑް އަށަކަށް ވަންނަން އެދޭ ދަރިވަރުންނަށް ސްޓްރީމްތަކާއިބެހޭ މައުލޫމާތު ދީފި

Oct 25, 2011

މިއަހަރު ގްރޭޑް ހަތެއް ނިންމައި އަންނަ 2012 ވަނަ އަހަރު ތައުލީމީ މަރުކަޒުގެ ގްރޭޑް އަށަކަށް ވަންނަން އެދޭ ދަރިވަރުންނަށް ސްޓްރީމްތަކާއި ބެހޭ ގޮތުން މައުލޫމާތު ދީފިއެވެ.

ރޭ އެސްކޫލްގެ ހޯލުގައި ބޭއްވުނު ބައްދަކުވުމުގައި ސްކޫލްގައި މިހާރު ކިޔަވައިދޭ ދެ ސްޓްރީމް ކަމަށްވާ ސައިންސް އަދި ބިޒްނަސް ސްޓްރީމައި ބެހޭ ގޮތުން ދަރިވަރުންނަށާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް މައުލޫމާތު ދީފައި ވެއެވެ. އަދި މީގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުންވެސް އޮތެވެ.

ތައުލީމީ މަރުކަޒުން މައުލޫމާތު ދެއްވާ ގޮތުގައި ކުރީ އަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރުވެސް ސްކޫލުގައި ބިޒްނަސް އަދި ސައިންސް ސްޓްރީމަށް ކިޔެވުމުގެ ފުރުސްތު އޮންނާނެއެވެ. ދެ ސްޓްރީމުން ކޮންމެ ސްޓްރީމެއް ނެގިނަމަމަވެސް އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މި މާއްދާތައް ކިޔަވަން ޖެހޭނެއެއެވެ. މީގެ އިތުރުން ބިޒްނަސް ސްޓްރީމުގައި ހިމެނޭ މާއްދާތަކަކީ، ކޮމާސް/ބިޒްނަސް ސްޓަޑީޒް، އެކަކުންޓިން އަދި އިކޮނޯމިކްސްއެވެ އަދި އިޚްތިޔާރީ މައްދާ ތަކަކީ ކޮމްޕިއުޓަރ ސްޓަޑީޒް އާއި ޓްރެވެލް އެންޑް ޓޫރިޒަމް އެވެ . ސައިންސް ސްޓްރިމުގައި ހިމެނޭ މާއްދާ ތަކަކީ ފިޒިކްސް، ބަޔޮލޮޖީ އަދި ކެމިސްޓްރީ އެވެ. އިޚްތިޔާރީ މާއްދާތަކަކީ ކޮމްޕިއުޓާރ ސްޓަޑީޒް އާއި ފިޝަރީޒް ސައިންސްއެވެ.

ތައުލީ މަރުކަޒުން ހާމަކުރައްވާ ގޮތުގައި އަންނަ އަހަރު ގްރޭޑް އަށަކަށް ވަންނަން އެދޭ ކުދިންނަށް ކަނޑައެޅިފައިވާ ޝަރުތު ފުރިހަމަވާނަމަ ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރަކު ބޭނުންވާ ސްޓްރީމެއް ލިބޭނެއެވެ. އަނަމަވެސް ބޭނުންވާ އިޚްތިޔާރީ މާއްދާތައް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އިޚްތިޔާރީ މާއްދާ ދިނުމުގައި އިސްކަންދޭނީ ދަރިވަރުންގެ ނަތީޖާއަށް ކަމަށްވެސް ސްކޫލުން މައުލޫމާތު ދެއްވައެވެ.

ތައުލީމީ މަރުކަޒުގެ ގްރޭޑް އަށަކަށް ވަންނަން ބޭނުންވާ ދަރިވަރުން ނަށް ސްކޫލަށް ވަނުމަށް އެދޭފޯމު ޕްރައިމަރީ ސްކޫލްތައް މެދުވެރިކޮށް މިހާރުވަނީ ދޫކުރަން ފަށާފައެވެ. ތައުލީމީ މަރުކަޒުގެ ގްރޭޑް އަށަކަށް ވަންނަން އެދޭ ދަރިވަރަކީ ފުވައްމުލަކުގެ ޕްރައިމަރީ ސްކޫލެއްގެ ގްރޭޑް ހަތެއް މިއަހަރު ނިއްމައި ދަރިވަރެއްނަމަ ފޯމުތައް ހުށަހަޅަންޖެހެނީ ލަސްވެގެން މިމަހު 31 ވަނަދުވަހު އޮފީސް ބަންދުވުމުގެ ކުރިން އެދަރިވަރަކު ގްރޭޑް ހަތެއް ނިންމި ސްކޫލެއްގެ އިދާރާއަށެވެ.

Kedevari Online 2024