ހުރިހާ ކަމެއްވެސް ގޯސްކުރަނީ އަހަރުމެންނެވެ!!

Hurihaa kamevves goas kuranee aharumenneve!!

 

މުޖުތަމައުގެ އާންމު އިޖްތިމާއީ ފޭރާން ހަލާކުވަމުންދާ ވާހަކަ އަބަދުވެސް އަހަރުމެން އެންމެންވެސް ދައްކަމުއެވެ. ޅަޖީލުއެއްދުވަހުން އަނެއްދުވަހަށް ހަލާކުވަމުންދާ ވާހަކައެވެ. އަޚުލާގީ މިންގަނޑުތައް ގެއްލި ވިޔާނުދާ އާދަތައް އަށަގަންނަމުންދާ ވާހަކއެވެ. ވައްކަމާއި ފޭރުމާއި މާރާމާރީ އިތުވަމުންދާ ވާހަކައެވެ.

 

ނަމަވެސް ސުވާލަކީ މިފަދަ ކަންކަމާއި އަޅާލައި މިކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ބާވައެވެ؟ މިކަމަކީ ހަމައެކަނި ކަމާއި ބެހޭ މުއައްސަސާތަކުން ކުރަންޖެހޭ ކަމެއް ބާވައެވެ؟

 

އުފެދެމުން އަންނަ ޖީލުތައް ގޯސްވާހަކަ ދައްކާއިއިރު އަޅުގަނޑުމެން އެންމެން މިތިބެނީ ލޯމަރާލައިގެންނެވެ. އެކަކަށްވެސް ފެންނަ ކަމެއް ފެންނަ މަންޒަރެއް ނެތެވެ. ކުޑަކުދިން ޅައުމުރުގައި ވިޔާނުދާ އަމަލުތައް ހިންގައި ބޮޑެތި ކުއްތަކާއި ހަމަޔަށްދަނީ އަޅުގަނޑުމެން އެތައް ބައެއްގެ ކުރިމަތީގައި ކަމަކަށްފަހުކަމެއް ތަކުރާރުކުރަމުން ގޮހެވެ. ދުރު މީހާ އަށް އަމިއްލަ ދަރި ނޫންވީމައި ނުބެހޭ ކަންކަމާއި ނުބެހި ހުންނަނީއެވެ. އަމިއްލަމީ ހާ އަށް އަމިއްލަދަރި ދޮންފުތުވަނީއެވެ. މުޖުތަމައުގެ ހުރިހާ ފަރުދުން އެއްބައެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރާނަމަ ކުޑަކުދިންނަށް ގޯޅިއެލުމުގެ ފުރުސަތު ބޮޑުތަނުން ކުޑަވީހެވެ.

 

ތުނޑިގައިއާއި ރަށުގެ އެހެން ދިމަދިމާއިންވެސް ގޮނޑުދޮށުގައި އޮންނަ ވެލިކޮޅައި ވަލުތެރޭގައި އޮންނަ ފަސްކޮޅު ކޮނެގެންނަގަނީ މަގުމަތީގައި ވީއްލިގެން އުޅޭ ވިޔާނުދާ ކުދިން އެކުދިންގެ ހާޖަތް ފުއްދުމަށް ބޭނުންވާ ފައިސާކޮޅު ހޯދުމަށެވެ. ގޯސްވަނީ އެކަން ކުރާތީ އެކުދިންނެވެ. ނަމަވެސް އެތަކެތި ގަނެ އެކުދިންނަށް ފައިސާދެނީ ކުށްކުރުމާއި ދެކޮޅަށް ކޮފީ މޭޒުގައި ފަލްސަފާވެރި ވާހަކަ ދައްކާ އަޅުގަނޑުމެންކަހަލަ މާތް މީހުންނެވެ.

 

ދެން އޮތީ ވައްކަމުގެ ވާހަކައެވެ. އެންމެންވެސް އުޅެނީ ވައްކަން ގިނަވާ ވާހަކާއި ފުލުހުންގެ ޒިންމާ އަދާ ނުކުރެވޭ ވާހަކަ ދެއްކުމުގައެވެ. މިކަންވެސް އަޅުވަނީ އެއްކަލަ  "މަގުމަތީ ކުދިން" ގެ ބޮލިގައެވެ. ވަރަށް ބޮޑު ތެދެއްމެއެވެ. ވައްކަން ކުރަނީ އެމީހުންނެވެ. އެހެނަސް އެމީމުން ވައްކަން ކޮށްގެން ހޯދާއެއްޗެހި ނުއަގުގައި ގަނެގެން ހެވިދިއްލިފައި ތިބެނީ އަހަރުމެނެވެ.

 

މުޖުތަމައި އިސްލާހުވާނީ ކޮފީ މޭޒާށް އަރައި ދެކެވޭ ފަލްސަފާވެރި މޮޅު ވާހަކައަކުންނޫނެވެ. ރަށުމީހުން އެއްކޮށްގެން ދެއިރު ދެދަޅަޔަށް ބާއްވާ ފުރިހަމަ މަސައްކަތު ބައްދަލުވުންތަކަކުންވެސް ނޫނެވެ. މުޖުތަމައު އިސްލާހުވާނީ އަޅުގަނޑުމެންއެންމެން އިސްލާހު ވެގެންނެވެ. އެންމެންވެސް އެންމެންގެ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ނޫނީ މިޅުވާހަކާއި މަސައްކަތު ބައްދަލުވުންތައް ކުރިއަށް ދާއިރު މުޖުތަމައި ހަލާކުވުންވެސް ފަތުއަޑިކިޔާފައި ދާނީ ކުރިއަށެވެ.

 

496
0 / 250
© 2024 Maaneyre
Developed by: