ނޭރުވޭނެއެވެ. ބަހުގައި ފޮށި އަރުވާނޭ ތަނެއް ނެތެވެ.

Neyruveyne eve. Bahugai foshi aruvaaneythaneh netheve.

 

އަޅުގަނޑަކީ އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ މީހަކީމެވެ. އެހެންކަމުން އާންމު ދިރިއުޅުމުގައި ކޮންމެވެސްވަރެއްގެ ގޮންޖެހުންތަކަކާއި އަބަދުވެސް ދިމާވެއެވެ. ގާތްތިމާގެ މީހުންނާއި އެކުވެރި ރަހުމަތްތެރިންގެ އޯގާތެރިކަމާއި އަޅައިލުން އަބަދުވެސް ލިބޭތީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ.

 

ހޭލުންތެރިކަން އިތުރުވެ. ދައުލަތުން އަޅުގަނޑުކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ގޮތްތަކެއް ގިނަ ކަންކަމުގައި ހަމަޖައްސަވައިދެއްވާފައިވުމަކީ ދިރިއުޅުމަށް ވަރަށްބޮޑު ފަސޭހަޔަކާއި ހިތްވަރަކަށްވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ ހިލޭ ބަސްދަތުރުކުރެވޭނޭ އިންތިޒާމު ދައުލަތުން އަޅުގަނޑުމެންނަށް ހަމަޖައްސަވައިދެއްވާފައިވުމެވެ. އަމިއްލަޔަށް ސައިކަލު އަދި ބައިސްކަލުވެސް ދުއްވާ ނޫޅޭތީ އެއްތަނުން އަނެއްތަނަށް ދިޔުމަށް ބަހުގެ ބޭނުން ވަރަށް ގިނައިން ހިފަމެވެ.

 

އިއްޔެ އަޅުގަނޑު ގެއިން ނިކުތީ އައްޑޫގައި ދިރިއުޅޭ އަޅުގަނޑުގެ ރައްޓެއްސަކަށް ހަދިޔާއެއް ފޮނުވުމަށް ބަނދަރަށް ދިއުމަށެވެ. އާދައިގެ މަތިން އެދަތުރު ބަހުގައި ކުރުމަށް ނިޔަތް ގަނެގެންނެވެ. އެހެނަސް އެހެން ދުވަސް ދުވަހާއި ޚިލާފަށް އިއްޔެ ދިޔައީ ކުޑަ ފޮށިކޮޅެއް ހިފައިގެންނެވެ. ބަސްހުއްޓާ ތަނުގައި މަޑުކޮށްލައިގެން ހުރެ މާގިނައިރެއް ނުވަނީސް ބަސް އައިސް މަޑުކޮށްލައިފިއެވެ. އަޅުގަނޑު އަޅުގަނޑުގެ ނިކަމެތި ހާލުގައި ބަހަށް އަރަން އުޅުނީމެވެ. ނަމަވެސް ބަހުގައި ހުރިމީހާ އަޅުގަނޑު ހުއްޓުވިއެވެ. އަދި ބުއްޏެވެ. ބަހުގައި މީހާ އަށް ދެވިދާނެއެވެ. އެކަމަކު ފޮށިކޮޅެއް ނުގެންދެވޭނެއެވެ. ފޮށި އަރުވާނޭ ތަނެއް ބަހުގައިނެތެވެ.

 

މުޅިން ހުހަށް އޮތް ބަހެކެވެ. ބަހުގެ ތެރެއަށް ކުޑަ ފޮށިކޮޅެއް އެރުވުމަކީ ބޮޑު ކުށަކީ ހެއްޔެވެ؟ ބަހުގެ އުސޫލު ކަނޑައެޅިފައިވާ ގޮތް ކަމަށްވެސް ވެދާނެއެވެ. އެހެންވެއްޖެއްޔާ އަޅުގަނޑުގެ އެއްވެސް ޝަކުވާއެއް ނެތެވެ. ނަމަވެސް އެގަޑިގައި އަޅުގަނޑަށް އެހެން ގޮތެއް ނެތުމުން ބަނދަރަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ހިތުގައި ކޫރުމެއް އެޅުނީއެވެ.

 

558
0 / 250
© 2024 Maaneyre
Developed by: